ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
|
އަދަދު:
|
|
ފެންވަރު ނުވަތަ ޝަރުޠު
|
- މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވުން.
- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި މީހުން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
- އަންހެން ބޭފުޅެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
- ޢަރަބިބަހުން ނުވަތަ އިނގިރޭސިބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.
|
މަސްއޫލިއްޔަތު:
|
- މީހުންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދޭންޖެހޭ ބަލިމީހުންނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.
- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި މީހުން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
|
މަޤާމު:
|
|
އަދަދު:
|
|
ފެންވަރު ނުވަތަ ޝަރުޠު
|
- ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި، މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.
- ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު، ގިނަ އަދަދެއްގެ ބަޔަކަށް ކައްކައި ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
|
މަސްއޫލިއްޔަތު:
|
- ކައްކައި ކާންދިނުމުގެ ޚިދުމަތްތައް ދިނުން.
- ކާ ގަޑިތަކުގެ އިންތިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
- ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބާޒާރުކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- "ޙައްޖު އަދި ޢުމްރާދަތުރުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށް ދިނުމަށް އެދި ހުށަހަޅާ ފޯމު"
- (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު ލިބިވަޑައިގަންނަވާނެއެވެ.)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާނަމަ، އެކަން އަންގައިދޭ ލިޔުމެއް.
|
ސުންގަޑި:
|
- 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.
|