ދިވެހިރާއްޖެ
ތަޅައިގެން ގޮސްފައިވާ ބިއްލޫރިތަކެއް ބަދަލު ކޮށްދެއްވާނެ ފަރާތެއް ހޯދަން
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގައި ތަޅައިގެން ގޮސްފައިވާCURTAINWALL ގެބިއްލޫރިގަނޑުތަކެއް ނައްޓުވައި އަމިއްލަ ތަކެތީގައި ބަދަލުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (MED-153-FHS/2016/11) (12 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ވާދަކުރައްވާނެ ތިންފަރާތް ނެތުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 11:30 އަށް މި ފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 15 ވަނަ ދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3346500 ، 3346510 އަށެވެ.
30 މުޙައްރަމް 1438