މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމުކުރުމާގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމުކުރުމާގުޅޭ

މިމިނިސްޓްރީގެ ނަންބަރު: (IUL)101-FT/1/2016/167 (21 ސެޕްޓެންބަރު 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (EOI) ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް EOI ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ދިވެހި ވިޔަފާރިތައް އިތުރުކޮށް، ހިންގުންތެރިކަން ހަރުދަނާކުރުމަށް އެހީތެރިވެދިނުމާއި، ދިވެހި ވިޔަފާރިތަކަށް ISO ގެ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށްޓަކައި ރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމުކުރުމަށް ބޭނުންވެއެވެ.

މިގޮތުން، ޤާއިމުކުރެވޭ ސެޓިފިކޭޝަން ބޮޑީއަށް ރާއްޖެއިން ބޭރުގެ ސެޓިފިކޭޝަން ބޮޑީއެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގައި ޤާއިމުކުރެވޭ ސެޓިފިކޭޝަން ބޮޑީގައި މަސައްކަތްކުރާނެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް މިމިނިސްޓްރީން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ސެޓިފިކޭޝަން ބޮޑީ އަމިއްލަ ޚަރަދުގައި ޤާއިމުކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (EOI) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. EOI ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވައި، "ރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމު ކުރުމުގެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މިހެން ލިޔުއްވުމަށްފަހު 2016 ނޮވެންބަރު 7 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ.

ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިމިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

31 އޮކްޓޫބަރު 2016
ހޯދާ