ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގައި ކްލިނިކެއް ހިންގާނެ ފަރާތެއް ހޯދުން

އިޢުލާން

ތިލަފުށި ކޯޕަރޭޝަނުން ކ.ތިލަފުށީގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކުރެވޭ މެޑިކަލް ކްލިނިކް ހިންގާނެ ފަރާތެއް ހޯދަން ބޭނުން ވެގެން ހުޅުވާލި ފުރުޞަތު (TCL/PROC-TA/2016/19) ގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޓީސީއެލް ހެޑްއޮފީސް

4 ދުވަސް (ރަސްމީ)

6 ނޮވެންބަރު 2016 އިން 9 ނޮވެންބަރު 2016 އަށް

09:00 އިން 15:00

މައުލޫމާތުކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

10 ނޮވެންބަރު 2016

10:00 އިން 15:00

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑްއޮފީސް

ހޯމަ

14 ނޮވެންބަރު 2016

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

17 ނޮވެންބަރު 2016

10:30 ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާގުޅޭ:

  • ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެ މަޢުލޫމާތުކަރުދާސް ނަގާފައިވާ ފަރާތްތަކަށެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅާފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިކަމަށް ބީލަން ހުށަހަޅުއްވާނީ ސިޓީއުރައިގައި ބަންދުކުރައްވާފައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑްއޮފީހުގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތުކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

30 މުޙައްރަމް 1438

Fen Building/ 4th floor                                                  ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                    އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                   ފޯން: 3307513 ، 3307515   ފެކްސް: 3307514

31 އޮކްޓޫބަރު 2016
ހޯދާ