ދިވެހިރާއްޖެ
ބީލަމުގެ އުސޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން
މި އިޢުލާނުގައި ހިމެނޭ ގއ. އަތޮޅުގެ ފަޅުރަށްތައް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.
- ގއ. ފަޅުކޮޑުރަޓާ (ކޮޑަފުއްޓާ) (0.19 ހެކްޓަރ)
- ގއ. ބޭރުހުއްޓާ (9.8 ހެކްޓަރ)
- ގއ. ބޮޑުފުށި (0.34 ހެކްޓަރ)
- ގއ. ޅޮއްސާ (10.9 ހެކްޓަރ)
- ގއ. ކޯއްޑޫ (1.5 ހެކްޓަރ)
- ގއ. އުހެރެހާ (6.5 ހެކްޓަރ)
- ގއ. ފެންރެހާ (1.5 ހެކްޓަރ)
- ގއ. ފެންރެހާހުއްޓާ (4.8 ހެކްޓަރ)
- ގއ. ފަޅުކޮޑުރަޓާ (އޮޑަގައްލާ) (3.0 ހެކްޓަރ)
- ގއ. ފަޅުކޮޑުރަޓާ (މައްތިދޫ) (0.19 ހެކްޓަރ)
- ގއ. ގަލަންދޫ (ގަލަމަދޫ) (3.4 ހެކްޓަރ)
- ގއ. މާކަނާރަޓާ (1.82 ހެކްޓަރ)
- ގއ. ކޮޑަގެފުއްޓާ (1.0 ހެކްޓަރ)
- ގއ. އިދިމާ (5.0 ހެކްޓަރ)
- ގއ. ބަބެރާހުއްޓާ (3.0 ހެކްޓަރ)
- ގއ. މާފެހެލާ (49.4 ހެކްޓަރ)
- ގއ. މެދުރެހާ (7.9 ހެކްޓަރ)
- ގއ. ދެއްވަލާބަދޫ (8.5 ހެކްޓަރ)
- ގއ. ދިގުދޫ (ދިގެދޫ) (14.1 ހެކްޓަރ)
- ގއ. މިނިމެންސާ (މިނިމެއްސާ) (1.4 ހެކްޓަރ)
ބިޑްފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 2 ވާ ބުދަދުވަހުން ފެށިގެން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށް މި މިނިސްޓްރީންނެވެ.
ބިޑްފޯމެއްގެ އަގަކީ -/20 (ވިހި) ރުފިޔާއެވެ.
މަޢުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުމާއި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުތައް ތިރީގައިމިވަނީއެވެ.
މަޢުލޫމާތު ދިނުން |
20 ނޮވެންބަރު 2016 |
ޕްރޮސެސިންގ ފީ ބަލައިގަތުން |
21 ނޮވެންބަރު 2016 އިން 24 ނޮވެންބަރު 2016 އަށް. (ހެނދުނު 8:30 އިން 13:00 އަށް) |
ފޯމު ހުށަހެޅުން |
28 ނޮވެންބަރު 2016 |
ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ފޯމު ހުށަހެޅުން އޮންނާނޭ ތަނާއި ގަޑި މި މިނިސްޓްރީން ފަހުން އިޢުލާނު ކުރާނެ ވާހަކަ ދަންނަވަމެވެ.