ދިވެހިރާއްޖެ
އިޢުލާން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް 4 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރު (IUL)164/1/2016/57 އާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަ 10:30 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތަށް (64 ނަންބަރު ކޮށި، ކަލާފާނު ހިނގުން) ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމު މިއޮފީހުގެ ވެބްސައިޓް، www.ncit.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އިޢުލާނާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.
30 މުޙައްރަމް 1438