މަޤާމު: ފައިނޭންސް އޮފިސަރ
|
ބޭނުންވާ އަދަދު: 2 (ދޭއް)
|
ކުލެސިފިކޭޝަން: GS4
|
އަސާސީ މުސާރަ: މަހަކު -/5,020 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ
|
ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
މަޤާމުގެ ޝަރުތުތައް
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ގާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
|
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރުން މުދާ ނުވަތަ ޚިދުމަތެއް ހޯދާފައިވާ ފަރާތަކަށް ފައިސާ ދިނުމަށްޓަކައި ކައުންސިލްތަކުން ފޮނުވާ ޕޭމަންޓް ވައުޗަރުތައް ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ގަވާއިދުން ޕޭމަންޓް ޕްރޮސެސް ކުރުމަށް އެންޓަރކުރުން.
- ފައިސާއާބެހޭ މުއާމަލާތްތަކާއި ގުޅިގެން ކައުންސިލްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުދީ އަދި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
- އޮތޯރިޓީއަށް އަންނަ އެންމެހައި ބިލްތަކަށް ފައިސާ ދެއްކުން.
- ޕޭޓީކޭޝް ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ފައިސާއާބެހޭ ދުވަހު ހިސާބު ތައްޔާރުކުރުމާއި ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓާއި، އާމްދަނީ ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ބެލެހެއްޓުން.
- އެމް.އެމް.އޭ އިން ފައިސާ / ޗެކު ނަގައި، ޖަމާކުރަންޖެހޭ ދުވަހު ނެގުމާއި ޖަމާކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް
|
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,000 (ތިންހާސް) ރުފިޔާ ދެވޭނެއެވެ.
|
މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން
|
- މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ، ނުވަތަ މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު އަދި ސެޓުފިކެޓު ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޤަބޫލުކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
|
:ސުންގަޑި
|
- މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|
:އިތުރު މަޢުލޫމާތު
|
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައި ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
- އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013121 އަދި 3006724 އިން ސާފުވާނެއެވެ.
|