މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކް ގެ މިދަންނަވާ މަޤާމަށް އިޢުލާންކުރަމެވެ.

މަޤާމު:                ސީނިއަރ އެކައުންޓް އޮފިސަރ

ބޭނުންވާ އަދަދު:           1 (އެކެއް)

މަޤާމުގެ ރޭންކް:           އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:      ސީނިއަރ ޓެކްނިކަލް އޮފިސަރ ގރ. 1

މަޤާމުގެމުސާރަ:            މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:       މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:         މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                 ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ފައިނޭންސް އެންޑް ބަޖެޓް ޕްލޭނިންގ ސެކްޝަން/ މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ޕޮލިޓެކްނިކްގެ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ކަމާގުޅޭ ޑިޕާޓްމަންޓް/ސެކްޝަން/ޔުނިޓުތަކުން ހޯދުމަށްފަހު، ޕޮލިޓެކްނިކުގެ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީން އަންގާ ތާރީޚަކަށް ބަޖެޓް މިނިސްޓްރީއަށް ފޮނުވުން.

2- މުވައްޒަފުންގެ މުސާރަޝީޓު ޗެކުކޮށް، މުވައްޒަފުންނަށް މުސާރަ ދިނުން.

3- ޕޮލިޓެކްނިކުގެ ބިޒްނަސް އޭރިޔާ ނަންބަރު 1263 އާއި ޓްރަސްޓް ފަންޑުގެ ބިޒްނަސް އޭރިޔާ ނަންބަރު 8013 ގެ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ޕޭމަންޓް ވައުޗަރު ތައްޔާރުކުރުވައި، ތައްޔާރުކޮށް ނިމޭ ޕޭމަންޓް ވައުޗަރުތައް މިނިސްޓްރީއަށް ފޮނުވައި، ނިމޭވަރަކުން އަންގަންޖެހޭ ފަރާތްތަކަށް އެކަން އެންގުން.

4- ފައިސާ ދެއްކުނު ބިލްތަކާއި ނުދެއްކިހުރި ބިލްތަކުގެ ތަފުސީލު މޮނިޓަރކޮށް ބެލެއްޓުމާއި، އެ މަޢުލޫމާތު ހިއްސާކުރަންޖެހޭ ޑިޕާޓްމަންޓް/ސެކްޝަން/ޔުނިޓްގެ ވެރިންނާ އެ މަޢުލޫމާތުތައް ހިއްސާކުރުން.

5- ބަޖެޓުގެ ކޯޑުތަކުގެ ބާކީ, ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުމާއި، އެއްކޯޑުން އަނެއްކޯޑަށް ފައިސާ ބަދަލުކުރަންޖެހޭ ހާލަތުގައި އެކަންކޮށް އެ މަޢުލޫމާތުތައް ހިއްސާކުރަންޖެހޭ ވެރިންނާ ހިއްސާކުރުން.

6- ބަޖެޓަށް ލިބޭ ފައިސާ ބަލައިގަނެ، ޕޮލިޓެކްނިކްގެ ބިޒްނަސް އޭރިޔާ ނަންބަރު 1263 އާއި، ޓްރަސްޓް ފަންޑްގެ ބިޒްނަސް އޭރިޔާ ނަންބަރު 8013 އަށް ޖަމާކުރަންޖެހޭ ފައިސާ އެ އެކައުންޓަކަށް ޖަމާކުރުން.

7- ބަޖެޓް ކޮންޓްރޯލް (އުނިކޮށް އިތުރުކުރުމުގައި)، ބަޖެޓް ސެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުގެ ލަފާގެމަތިން ކުރުން.

8- އަހަރު ނިމުމުން ބަޖެޓް ރިކޮންސިލްކޮށް ބަޖެޓާ ގުޅޭ ހުރިހާ މަސައްކަތެއް ނިންމުން.

9- އޮފީސް ޑިއުޓީ އަދާކުރުމާއި އޮފީސް ހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކްކުރުން)

10- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން އިސްވެރިޔާ ހަވާލުކުރައްވާ އެންމެހައި މަސައްކަތްތައް ކުރުން.

ޝަރުޠު:

ތައުލީމީ ފެންވަރު:

1. ބިޒްނަސް /ފައިނޭންސް /އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2. ބިޒްނަސް /ފައިނޭންސް /އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

3. ބިޒްނަސް /ފައިނޭންސް /އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން.

ނުވަތަ؛

4. ބިޒްނަސް /ފައިނޭންސް /އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ؛

5. ބިޒްނަސް /ފައިނޭންސް /އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮންޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ބ- މީގެ އިތުރުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުން.

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުމާއި ޕްރެކްޓިކަލް އޮންނާނީ 9 ނޮވެންބަރު 2016 އާއި 22 ނޮވެންބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަވިއުއަށް ވަޑައިގަންނަވާއިރު، ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލާއި އެކްރެޑިޓްކޮށްފައިވާ އަސްލުގެ ކޮޕީ ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2- ލިބިފައިވާ ހުރިހާ ތަޢުލީމާ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްދީގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.)، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ،

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިޖެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް،

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

7- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މޯލްޑިވްސް ޕޮލިޓެކްނިކް، ރެހެންދިހިނގުން (1 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ނޮވެންބަރު 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލި ޓެކްނިކްގެ ނަންބަރު 3305401، 3305405 ފޯނަށް ގުޅުން އެދެމެވެ.

30 އޮކްޓޫބަރު 2016
ހޯދާ