މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމް ބޭސްޑް ވަރކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެގެން ކުރި ނަންބަރު (IUL)101AF/1/2016/180 އިޢުލާނަށް އެކަށީގެންވާ ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެ މަޤާމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް، އަލުން އިޢުލާން ކުރީމެވެ. ކުރިމަތިލާން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަޤާމުތަކާބެހޭ މަޢުލޫމާތު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައިވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ.

މަޤާމު: ކޮންސަލްޓެންޓް

އަދަދު:1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

  • ބްރޭންޑިންގއާއި، ޑިޒައިނިންގ ނުވަތަ ޕެކޭޖިންގެ އޭރިއާއިން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ފުޑް ޕްރޮސެސިންގއާއި ޕެކޭޖިންގ މެޝިނަރީޒް އޭރިއާއިން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮންޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

މަސައްކަތްކުރަން ޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

މަސައްކަތްކުރަން ޖެހޭ ގަޑި: ހަވާލު ކުރެވޭ މަސައްކަތް، ދެވިފައިވާ މުއްދަތަށް ނިންމުން.

މުސާރަ: މަހަކު -/12،000 ރުފިޔާ

ވަޒީފާގެ މުއްދަތު: 6 މަސްދުވަސް

މަތީގައި އިޢުލާންކުރެވިފައިވާ ވަޒީފާތަކުގެ އިތުރު ތަފުސީލާއި، މަސްއޫލިއްޔަތާއި، ޓަރމްސް އޮފް ރެފަރެންސް، މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުމުން ލިބޭނެއެވެ.

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 14:00 ގެ ކުރިންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ،

2. ސީ.ވީ،

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓުފިކެޓެއްނަމަ، އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ)،

5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ

ތަކެތި ހުށަހަޅަންޖެހޭ ތަން: ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޮނުވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް، ރަސްމީ ދުވަސްދުވަހުގެ 8:00 އާއި 14:00 އާ ދެމެދު 3333160 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016
ހޯދާ