މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެ، ފޭސް 2 ގައި ސީއައުޓްފޯލް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ހުޅުމާލެ، ފޭސް 2 ގައި ސީއައުޓްފޯލް އެއް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/200 ރުފިޔާއެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 24 އޮކްޓޫބަރު 2016 އިން 2 ނޮވެންބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 3:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 6 ނޮވެންބަރު 2016 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 8 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 ނޮވެންބަރު 14 ވަނަ ދުވަހުގެ 11:00 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/5000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ % 10 ބިޑް އެވޯޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

27 އޮކްޓޫބަރު 2016
ހޯދާ