މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް

އިޢުލާން

ނ. މަނަދޫން ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމާ ބެހޭ.

ނ. މަނަދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދޫކުރުމަށް ކުރެވުނު މި އިދާރާގެ އިޢުލާން ނަންބަރު: (IUL)294-C/294/2016/68 (20 ސެޕްޓެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އެކަށީގެންވާ ރަނގަޅު ޕްރޮޕޯޒަލެއް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ބިން ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާންކުރަމެވެ. ނ. މަނަދޫގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި، ނ. މަނަދޫ ލޭންޑްޔޫސް ޕްލޭނުގައި ތެލުގެ ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން 2000 (ދެހާސް އަކަފޫޓުގެ) 2 (ދޭއް) ބިން ތެލުގެ ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

ނ. މަނަދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 13:00 އަށް ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ސިޓީއާއެކު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ނުދުރުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.    

24 މުޙައްރަމް 2016

25 އޮކްޓޫބަރު 2016
ހޯދާ