މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ވިޔަފާރި ހިންގާ އިމާރާތުގެ ހުޅަނގަށް އިމާރާތާ ގުޅިގެން ބައެއް އިތުރު ކުރުމަށް

އިޢުލާން

މި ކައުންސިލުގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރި ހިންގާ އިމާރާތުގެ ހުޅަނގަށް އިމާރާތާ ގުޅިގެން ބައެއް އިތުރުކުރުމަށް ކުރި ނަންބަރު (IUL)303-AS /303/2016/73 އިޢުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން އެކަށީގެންވާ އިޖާބައެއް ދީފައިނުވާތީ އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ކައުންސިލުގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރި ހިންގާ އިމާރާތުގެ ހުޅަނގަށް އިމާރާތާ ގުޅިގެން ބައެއް އިތުރު ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ ރައްޔިތުންގެ ވިޔަފާރި ހިންގަމުންދާ އިމާރާތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މަރާމާތުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 11:30 އަށް މިއިދާރާއަށެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައި 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 11:30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ރައްޔިތުންގެ ވިޔަފާރި ހިންގާ އިމާރާތް މަރާމާތުކުރުމުގެ އަންދާސީހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580118 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ތިރީގައިމިވަނީ މިމަސައްކަތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ހުށަހަޅާ އަގަށް %80

މުއްދަތަށް  % 10

މާލީތަނަވަސް ކަމަށް % 10

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

26 މުޙައްރަމް 1438    

27 އޮކްޓޫބަރު 2016
ހޯދާ