ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުން.
މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު GS216/IUL/2016/34 (30 އޮކްޓޫބަރު 2016) އާ ގުޅޭގޮތުން ހުށަހަޅާފައިވާ ބިޑްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، 2 ވަނަ ފަހަރަށް ކުރެވުނު އިޢުލާން ނަންބަރު GS216/IUL/2016/36 (13 އޮކްޓޫބަރު 2016) އާ ގުޅިގެން ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާންވެސް ބާޠިލުކޮށް، އަލުން 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތުގެ އަގު: %65
ތަޖުރިބާ: %5
މުއްދަތު: %25
މާލީ ޤާބިލުކަން: %5