މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮފީސް އެސިސްޓެންޓް

މަޤާމުގެ ރޭންކް: އެސް. އެސް. 2

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

މަހަކު -/3،470 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ % 25 (މަހަކު)

- ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، SS-1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ކޯޓަށް ހާޒިރުވާން އަންގާ ގަޑިތަކަށް ގަވާއިދުން ހާޒިރުވުން.

2- ކޯޓުގެ އިމާރާތާއި އިންވެގެންވާ މަގުތަކާއި ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި، ކޯޓް އިމާރާތް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ކޯޓުން އުކާލަންޖެހޭ ކުނި އުކާލުން.

3- ކޯޓުގެ އެންމެހައި މެޝިނަރީޒް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

4- ކޯޓުގައި ހުންނަ ގަސްތައް ކޮށައި، ވަޅުދިޔަހިއްކައި، ސާފުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް، ރައްކާތެރިކަމާއެކު ތާނގީއަށް ސާފުބޯފެން އަޅައި ބެލެހެއްޓުން.

5- އެކިފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވޭ އަމުރުތަކާއި ލިޔުންތަކާއި، އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުން.

6- ކޯޓުގެ ރަސްމީ ދިދަތައް އެކަމަށް އޮންނަ ގަވާއިދާ އެއްގޮތަށް ނަގައި ތިރިކުރުން.

7- ކޯޓަށް ޒިޔާރަތްކުރައްވާ މެހެމާނުންނަށް ޚިދުމަތްދިނުމަށް ކޯޓުން އަންގައިފި ހިނދެއްގައި އެ މަސައްކަތް ކުރުން.

8- ކޯޓަށް ހާޒިރުވާންޖެހޭ މީހުންނަށް ޗިޓް ހަވާލުކުރުމާއި، ސިޓީއާއި ލިޔުންފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމާއި، އަތޮޅުގެ ރަށު ކޯޓްތަކަށް ފޮނުވަންޖެހޭ ތަކެތި އެފަރާތްތަކާ ހަވާލުކުރުން.

9- އިދާރީގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.

10- މީގެ އިތުރުންވެސް ކޯޓުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

ސުންގަޑި:

2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

 

 

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި  ޑިޕާޓްމަންޓް  އޮފް  ޖުޑީޝަލް  އެޑްމިނިސްޓްރޭޝަންގެ  www.judiciary.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 

- އިތުރު މަޢުލޫމަތު ސާފުކުރުމަށް ގުޅާނީ، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ 6608313 ނަންބަރު ފޯނަށެވެ.

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016
ހޯދާ