ދިވެހިރާއްޖެ
36 ސާކިޓް ޑިސްޓްރިބިއުޝަން ކޮމްޕްލީޓް ފޮށި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ކުންފުންޏަށް ބޭނުންވާ 36 ސާކިޓް ޑިސްޓްރިބިއުޝަން ކޮމްޕްލީޓް ފޮށި ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 30 އިން 2016 ނޮވެެންބަރު 13 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 15:00 އާ ދެމެދު 200.00 ޔޫ.އެސް ޑޮލަރު ނުވަތަ -/3084 (ތިންހާސް އަށްޑިހަ ހަތަރު) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2016 ނޮވެެންބަރު 14 ވާ ހޯމަަދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. އަދި 2016 ނޮވެެންބަރު 21 ވާ ހޯމަަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2016 ނޮވެެންބަރު 1 އިން 2016 ނޮވެެންބަރު 13 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 15:00 އާ ދެމެދުގައެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000 (ވިހި ހާސް) ރުފިޔާ ނުވަތަ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާ އަގުގެ % 15 ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެެންބަރު 21 ވާ ހޯމަދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
|
ދުވަސް |
ވަގުތު |
|
ފައިސާ ބަލައިގަތުމަށް |
2016 އޮކްޓޫބަރު 30 އިން 2016 ނޮވެެންބަރު 13 އަށް |
9:00 އިން 15:00 އަށް |
|
ޑޮކިޔުމަންޓް ދޫކުރުމަށް |
2016 ނޮވެެންބަރު 13 އިން 2016 ނޮވެެންބަރު 1 އަށް |
9:00 އިން 15:00 އަށް |
|
މަޢުލޫމާތު ދިނުން |
2016 ނޮވެެންބަރު 11 (ހޯމަަ) |
11:00 ގައި |
|
އަގު ހުށަހެޅުން |
2016 ނޮވެެންބަރު 21 (ހޯމަަ) |
11:00 ގައި |
26 މުޙައްރަމް 1438
ނޯޓް:
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338154 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
