ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ކަލަންޑަރު ޑިޒައިންގކޮށް ހަދައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ތިލަފުށި ކޯޕަރޭޝަނަށް 2017 ވަނަ އަހަރުގެ ކަލަންޑަރު ޑިޒައިންގކޮށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިދެންނެވި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުން

ޓީސީއެލް ހެޑްއޮފީސް

4 ދުވަސް ރަސްމީ

2016 ނޮވެންބަރު 1 އިން ނޮވެންބަރު 7 އަށް

9:00 އިން 15:00 އަށް

ބީލަންފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

8 ނޮވެންބަރު 2016

10:00 އިން 15:00 އަށް

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

10 ނޮވެންބަރު 2016

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

15 ނޮވެންބަރު 2016

10:30 ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެ މަޢުލޫމާތުކަރުދާސް ނަގާފައިވާ ފަރާތްތަކަށެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅާފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިކަމަށް ބީލަން ހުށަހަޅުއްވާނީ ސިޓީއުރައިގައި ބަންދުކުރައްވާފައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތުކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

30 މުޙައްރަމް 1438

Fen Building/ 4th floor                                                        ފެން ބިލްޑިންގް/ 4 ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                           އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                           ފޯން: 3307513 ، 3307515   ފެކްސް: 3307514

27 އޮކްޓޫބަރު 2016
ހޯދާ