ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

އިޢުލާން

ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:

މަޤާމް: ޕްރީސްކޫލްޓީޗަރ

ބޭނުންވާ އަދަދު: 13 (ތޭރަ)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)

ވަޒީފާ އޮތް އޮފީސް: ހދ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

މަޤާމުގެ

ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މުސާރަ

ސަރވިސް

އެލަވަންސް

ޕްރީ ސްކޫލް

އެސިސްޓެންޓް ޓީޗަރ

GS1

ޕްރީ ސްކޫލް

ޓީޗަރ 1

މަޤާމުގެ  މަސައްކަތްކުރުމުގެ

ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ

އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'

ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް

ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން

ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަހަކު

3565/-

ރުފިޔާ

މަހަކު

-/1500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް

ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު

ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4000

ރުފިޔާ

މަހަކު

-/1500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް

ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ

ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު

ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4465

ރުފިޔާ

މަހަކު

-/1500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS4

ޕްރީ ސްކޫލް

ޓީޗަރ 4

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ

އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން

ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ  ރޮނގުން  ސެޓުފިކެޓު

ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/5020

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް

ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

މަހަކު

5610/-

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް

ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ

ހާސިލުކޮށްފައިވުން.

މަހަކު

-/6295

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް

ޓީޗަރ 7

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް

ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން

އެޑްވާންސްޑް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާ

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު

7035/-

ރުފިޔާ

މަހަކު

2500/-

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް

ޓީޗަރ 8

- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު

7875/-

ރުފިޔާ

މަހަކު

2500/-

ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.             

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 9 ނޮވެންބަރު 2016 އިން ފެށިގެން 12 ނޮވެންބަރު 2016 އާ ދެމެދު، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން  ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސްކޫލުގެ އޮފީހުންނާއި ސްކޫލުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރައްޖެއިންބޭރުގެ މަތީތައުލީމުދޭ މަރުކަޒަކުން ހިންގާ ޕްރަގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމާއި ޓްރާސްކްރިޕްޓުގެ ކޮޕީ)

ރ- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރަގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ )

ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 9 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ނޯޓު: 

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6528817 ނަންބަރު ފޯނަށް، ނުވަތަ 6527891 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016
ހޯދާ