ދިވެހިރާއްޖެ
އިޢުލާން
މި ކައުންސިލަށް 2 ޓަނުގެ ތެޔޮބައުޒަރެއް ގަތުމަށް ކުރި ނަންބަރު (IUL)303-AS/303/2016/68 އިޢުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން އެކަށީގެންވާ އިޖާބަދީފާނުވާތީ އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކައުންސިލަށް 2 ޓަނުގެ ތެޔޮ އުފުލާ ބައުޒަރެއް ގަތުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ސުރުޚީގައި ދެންނެވިފައިވާ 2 ޓަނުގެ ތެޔޮ އުފުލާ ބައުޒަރު ތެޔޮދޫކުރާ ޕަންޕާއި ހޮޅިއާއެކު މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ގެނެސްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 11:30 އަށް މި އިދާރާއަށެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައި 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 11:30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ކައުންސިލަށް ބޭނުންވާ 2 ޓަނުގެ ތެޔޮބައުޒަރ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580118 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ތިރީގައިމިވަނީ މި މަސައްކަތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.
ހުށަހަޅާ އަގަށް %80
އުޅަނދުގެ އާ ބާ މިނަށް % 10
މާލީތަނަވަސްކަމަށް % 10
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
26 މުޙައްރަމް 1438