ދިވެހިރާއްޖެ
އިޢުލާން
ކުނަހަންދޫ ސްކޫލުގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
ކުނަހަންދޫ ސްކޫލުގެ ފާޚާނާތައް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް ކުނަހަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ.
މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6800744 ނަންބަރަށެވެ.
# |
ޕޮއިންޓް ދިނުމުގައި ބެެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
65 |
2 |
މަސައްކަތުގެ މުއްދަތަށް |
25 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
5 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
5 |
|
ޖުމްލަ (ސަތޭކަ) |
100 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
26 މުޙައްރަމް 1438