ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފަންނީ ލަފާދޭނެ ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ.

މަޤާމު: ކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރައާއި ޢިނާޔަތްތައް (މަހަކު)

-/25,000 ރުފިޔާ

މުއްދަތު

1 (އެކެއް) އަހަރު

މަޤާމުގެ ޝަރުޠުތައް

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އާރކިޓެކްޗަރ/ސިވިލް އިންޖިނިއަރިންގ/ ކޮންސްޓްރަކްޝަން މެނޭޖްމަންޓުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށް، ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކުރެހުންތައް ތައްޔާރުކުރުމާއި، ސްޓޭމްޕް ޖެހުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން ލިބިފައިވާ ފަރާތަކަށްވުން.
  • އާރކިޓެކްޗަރ/ސިވިލް އިންޖިނިއަރިންގ/ކޮންސްޓްރަކްޝަން މެނޭޖްމަންޓުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށް ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކުރެހުންތައް ތައްޔާރުކުރުމާއި، ސްޓޭމްޕް ޖެހުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން ލިބިފައިވާ ފަރާތަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

 

  • މި އޮތޯރިޓީން ކުރިޔަށްގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ހިނގާ ރަށްރަށަށް ދަތުރުކޮށް، އެ މަޝްރޫޢުތައް ހިންގަނީ އެ މަސައްކަތަށް ކަނޑައެޅިފައިވާ ބިލް އޮފް ކްއަންޓިޓީ، ކުރެހުން އަދި ސްޕެސިފިކޭޝަނާ އެއްގޮތަށްތޯ ބަލައި، އެކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • މި އޮތޯރިޓީން ކުރިޔަށްގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގައި ބޭނުންކުރާ ކުރެހުން އަދި ބިލް އޮފް ކްއަންޓިޓީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • މި އޮތޯރިޓީން ކުރިޔަށްގެންދާ މަޝްރޫޢުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ކުރެހުންތައް ތައްޔާރުކުރުމާއި، ބިލް އޮފް ކްއަންޓިޓީތައް ތައްޔާރުކުރުން.
  • މި އޮތޯރިޓީން ކުރިޔަށްގެންދާ މަޝްރޫޢުތައް ސްޕަވައިޒް ކުރުމާއި، އެޕްރޫވް ކުރަންޖެހޭ އެންމެހައި ކަންތައްތައް އެޕްރޫވް ކުރުން.
  • މި އޮތޯރިޓީން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތުގެ ފެންވަރު މޮނިޓަރކުރުން.
  • ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  • ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ބަލައި ވަޒަންކުރުން.
  • ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަޒަންކުރުމަށްފަހު ލިބޭ މަޢުލޫމާތުގެ އަލީގައި ގެންނަންޖެހޭ ފަންނީ ބަދަލުތައް ގެނައުން.
  • މި އޮތޯރިޓީން ކުރިޔަށްގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް.

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން

  • މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށާއި، ބޭނުންވާ ހާލަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ، އަދި ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.

ސުންގަޑި

  • މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި މަޤާމަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތަކާއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013117 ، 3006724 އިން ސާފުވާނެއެވެ.
26 އޮކްޓޫބަރު 2016
ހޯދާ