ދިވެހިރާއްޖެ
ވިޔަފާރީގެ އުސޫލުން މި މަދަރުސާގެ އާ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވުމާއެކު، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތެއް ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވަންވާނެއެވެ.
އައިޓަމް/ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުން |
10-11-2016 |
ބުރާސްފަތި |
10:00 |
ގދ.އަތޮޅު މަދަރުސާގެ އޮފީސް |
އަންދާސީހިސާބު ހުށަހެޅުއްވުން |
21-11-2016 |
ހޯމަ |
10:00 |
ގދ.އަތޮޅު މަދަރުސާގެ އޮފީސް |
24 މުޙައްރަމް 1438