މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ދ.ވާނީ ޓްރެއިނިންގ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މި ސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/139  އިޢުލާނުން ހުޅުވާލި ފުރުޞަތާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުން ހުށަހަޅުއްވާފައިވާ ބިޑްތައް ފުރިހަމަވެފައި ނުވާކަމަށް މި ސަރވިސްއަށް ފެންނާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި މަސައްކަތަށް ބީލަން ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން ދ.ވާނީ ޓްރެއިނިންގ ސްކޫލުގައި މަސައްކަތްކުރާ ފުލުހުންނަށް ކައްކައި ކާންދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 14:00 އަށް މާލޭގައިނަމަ މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) އަށް، ދ.ކުޑަހުވަދޫގައި ނަމަ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 14:00 އަށް މާލޭގައިނަމަ މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) އަށް، ދ.ކުޑަހުވަދޫގައި ނަމަ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

25 އޮކްޓޫބަރު 2016
ހޯދާ