ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންނަށް ކޮއްތު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮއްތު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

2016 އޮކްޓޫބަރު 9 ވަނަ ދުވަހު ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮއްތު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު WAMCO-LOG/IUL/2016/75 އިޢުލާނާ ގުޅިގެން، 2016 އޮކްޓޫބަރު 19 ވި ބުދަދުވަހުގެ 10:00 ގައި މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބޭއްވުނު މަޢުލޫމާތު ސެޝަނުގައި އެއްވެސް ފަރާތަކުން ބައިވެރވެވަޑައިނުގަތުމާ ގުޅިގެން، ނަންބަރު WAMCO-LOG/IUL/2016/75 އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމަވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ނޮވެންބަރު 5 ވާ ހޮނިހިރުދުވަހުގެ 14:00 އަށް ރ.އުނގޫފާރު ޒުވާނުންގެ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 14:00 ގައި މި ކޯޕަރޭޝަނުގެ މާލޭ ހެޑްއޮފީހަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 14:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، ތިރީގައިވާ ނަންބަރާ ގުޅުއްވުން، ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މި އެޑްރެހަށެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު

ޕޯސްޓަލްކޯޑް: 20161

މާލެ، ދިވެހިރާއްޖެ.

ފޯން ނަންބަރު: 3000581 

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016
ހޯދާ