ދިވެހިރާއްޖެ
ލޭންޑިންގ ކްރާފްޓް ކުއްޔަށް ހިފުން
ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ ލޭންޑިންގ ކްރާފްޓް ކުއްޔަށް ހިފުން
މި ކޯޕަރޭޝަނުން ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުފަހަރު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
1- 01 ލޭންޑިންގ ކްރާފްޓް:
- ކުނި އަޅާ ސަރަޙައްދު:
ދިގުމިން 90 ފޫޓު، ފުޅާމިން 30 ފޫޓާއި ފުންމިން 4 ފޫޓަށްވުރެ ކުޑަނޫން،
- ރޭމްޕް:
ދިގުމިން 22 ފޫޓާއި ފުޅާމިން 20 ފޫޓަށްވުރެ ކުޑަނޫން،
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 9:00 އަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް (މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 9:00 އަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް (މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ) އަށް ހާޒިރުވެވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 9:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މި އެޑްރެހަށެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު
ޕޯސްޓަލްކޯޑް: 20161
މާލެ، ދިވެހިރާއްޖެ.
ފޯން ނަންބަރު: 3000584
ފެކްސް ނަންބަރު: 3000584