ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީ.އޯ.އޯ)

ވަޒީފާގެ ފުރުޞަތު

މި އެސޯސިއޭޝަނަށް ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު:  ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީ.އޯ.އޯ)

ބޭނުންވާ އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު: 

ޖީސީއީ އޯލެވެލް އިމްތިޙާނުގައި "އިނގިރޭސި" އާއި "ހިސާބު" މި ދެ މާއްދާއިން ފާސްވެފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި ދެ މާއްދާއިން ފާސްވެފައިވުމާއި، އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތަޖުރިބާ ލިބިފައިވުމާއެކު، ސްޕޯޓްސް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަން ދަންނަވަމެވެ.

ފެށޭ މުސާރަ: ދެފަރާތުން އެއްބަސްވާ އަދަދެއް

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސެޓުފިކެޓުތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، 2016 ނޮވެންބަރު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ޒުވާނުންގެ މަރުކަޒުގައިވާ މި އެސޯސިއޭޝަންގެ  އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

23 އޮކްޓޫބަރު 2016
ހޯދާ