ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާގެ ނޯޓިސް
އިޢުލާން
އަހަރީ އާންމު ޖަލްސާ:
ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާއާއި ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ 2016 ނޮވެންބަރު 8 ވަނަ ދުވަހު ބޭއްވުމަށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ވަނީ ނިންމަވާފައެވެ. މި ޖަލްސާ ބާއްވާނެ ތަން ފަހުގެ ތާރީޚެއްގައި އިޢުލާންކުރެވޭނެއެވެ.
އަހަރީ އާންމު ޖަލްސާ (ކޮންގްރެސް)
- 2016 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންގެ ތެރެއިން، އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.
- އަހަރީ އާންމު ޖަލްސާ ރެޖިސްޓްރޭޝަން ފޯމު ފޮނުވުމުގެ އެންމެފަހު ތާރީޚަކީ 2016 ނޮވެންބަރު 2 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
- އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 2016 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް އެސޯސިއޭޝަންގައި ރަޖިސްޓަރީކޮށް، އަހަރީ ޗަންދާ ދައްކާފައިވާ ކުލަބު / ޖަމްޢިއްޔާތަކަށެވެ.
- އަހަރީ އާންމު ޖަލްސާގެ ރަޖިސްޓަރީ ފޯމު ޒުވާނުންގެ މަރުކަޒުގައި ހުންނަ މި އެސޯސިއޭޝަންގެ އޮފީހުންނާއި އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
ހިންގާ ކޮމިޓީ މަޤާމަށް ކުރިމަތިލުން
- އިންތިޚާބަށް ކުރިމަތިލެވޭނީ އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުގައެވެ.
- އިންތިޚާބުގައި ބައިވެރިވުމަށް އެދި ކުރިމަތިލާ ފޯމު ޒުވާނުންގެ މަރުކަޒުގައި ހުންނަ މި އެސޯސިއޭޝަންގެ އޮފީހުންނާއި މި އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- ހިންގާ ކޮމިޓީގެ ފުރިހަމަ މެންބަރުގެ މަޤާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 2016 ނޮވެންބަރު 2 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
- ހިންގާ ކޮމިޓީގެ މަޤާމަށް ކުރިމަތިލެވޭނީ 2016 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް އެސޯސިއޭޝަންގައި ރަޖިސްޓަރީކޮށް، އަހަރީ ޗަންދާ ދައްކާފައިވާ ކުލަބު / ޖަމްޢިއްޔާތަކުންނެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
23 އޮކްޓޫބަރު 2016
ހޯދާ