ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
2017ވަނަ އަހަރު އެލް.ކޭ.ޖީއާއި އެހެނިހެން ގްރޭޑްތަކަށް ކުދިން ވެއްދުމާބެހޭ

އިޢުލާން

2017 ވަނަ އަހަރު އެލް.ކޭ.ޖީއާއި އެހެނިހެން ގްރޭޑްތަކަށް ކުދިން ވެއްދުމާ ބެހޭ:

2017 ވަނަ އަހަރު މި ސްކޫލުގެ އެލް.ކޭ.ޖީއާއި އެހެނިހެން ގްރޭޑްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން ސްކޫލަށް ވަނުމަށް އެދޭ ފޯމު ފުރުމަށްފަހު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ފޯމު ދޫކުރުން

2016 އޮކްޓޫބަރު 25 ން ފެށިގެން 2016 ނޮވެންބަރު 6 އަށް

(ހެނދުނު 8:00 އިން ފެށިގެން 14:00 އަށް)

ކުދިން ވެއްދުމަށް ހަމަޖެހިފައިވާ ގްރޭޑް

އެލް.ކޭ.ޖީ

އުމުރުފުރާ

2017 ވަނަ އަހަރުގެ ޖަނަވަރީ 1 އަށް

4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުއްޖެއް ކަމުގައިވުން

އިތުރު މަޢުލޫމާތު

ސްކޫލަށް ވަންނަން އެދޭ ފޯމު ސްކޫލުގެ ރަސްމީގަޑީގައި މި ސްކޫލުން ލިބެން ހުންނާނެއެވެ. އެލް.ކޭ.ޖީ ފިޔަވައި އެހެން ގްރޭޑަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން ސްކޫލުގެ އެޑްމިޝަން ޕޮލިސީގައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.

ފޯމު ހުށަހަޅަންޖެހޭ ސުންގަޑި

2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 އަށް

ނޯޓް: ފޯމު ހުށަހަޅަންޖެހޭ ސުންގަޑިއަކީ 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 13:00 ކަމުގައި ވިޔަސް، ސްކޫލަށް އަލަށް ވަންނަ ކުދިންގެ ފޮތް ލިސްޓު/ ވައުޗަރ ފަދަ ތަކެތި އަވަސްކުރުމަށްޓަކައި ނިންމަންޖެހޭ އިދާރީ ކަންކަން ނިންމުމަށް ވީ އެންމެ އަވަހަކަށް ފޯމުތައް ހުށަހެޅުމަކީ ސްކޫލުގެ ވަރަށްބޮޑު އެދުމެކެވެ.

24 އޮކްޓޫބަރު 2016
ހޯދާ