ތިލަދުންމަތީ އުތުރުބުރީ ތުރާކުނު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހއ. ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުސޫލުން، 29 ނޮވެންބަރު 2016 ވަނަ ދުވަހުން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް، މި ކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި ކޯޓުން ކުރި ނަންބަރު: A1-MC/2016/08-E (3 އޮކްޓޫބަރު 2016) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އަލުން އެކަމަށް އެދޭ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި ކޯޓުން ތައްޔާރު ކޮށްފައިވާ "އަންދާސީހިސާބު ހުށަހަޅާ ފޯމު" މި ކޯޓުން ނަންގަވައި، 13 ނޮވެންބަރު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި" މިގޮތަށް ލިޔުއްވަންވާނެއެވެ.

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 11:00 ގައި މި ކޯޓުގެ ބިޑު އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު އެކަމަށް އެދޭ ފަރާތުގެ ސިޓީ މި ކޯޓަށް ހުށަހަޅަންވާނެއެވެ.

ވީމާ، މި އިޢުލާން ގެޒެޓުގައި ޝާއިޢުކުރުމުން މިކަމަށް އެދޭ ފަރާތްތައް ހޯދުމަށް މި ކޯޓުން ކުރި ނަންބަރު: A1-MC/2016/08-E (3 އޮކްޓޫބަރު 2016) އިޢުލާން ބާޠިލުވީއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މުޙައްރަމް 1438  

23 އޮކްޓޫބަރު 2016
ހޯދާ