ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެޕޮއިންޓްމަންޓަށް ޚިދްމަތް ދިނުމާބެހޭ

12 ސެޕްޓެންބަރު 2013 އިން ފެށިގެން ކޮންމެ ބުރާސްފަތި ދުވަހަކީ ހަމައެކަނި އެޕޮއިންޓްމަންޓަށް ޚިދްމަތް ދިނުމަށް ހަމަޖެހިފައިވާ ދުވަހެއް ކަމަށް މިޑިޕާޓްމަންޓުން ނިންމައިފީމެވެ. މިގޮތަށް ނިންމީ ކުންފުނިތަކުންނާއި އޭޖެންސީތަކުގެ އެޕްލިކޭޝަންތައް ނުލެވި ވިސާ ޖެއްސުމަށް ދަތިތަކެއް ކުރިމަތިލަމުން އަންނާތީއެވެ. ކޮންމެ ކުންފުންޏަކަށްވެސް އަދި އެޖެންސީއަކަށްވެސް 200 އެޕްލިކޭޝަނަށްވުރެ ގިނައިން އެޕްލައިކުރަން ހުރެއްޖެނަމަ އެޕޮއިންޓްމަންޓަކަށް އެދެވިދާނެއެވެ.

ވީމާ، މިގޮތަށް އެޕޮއިންޓްމަންޓް ބޭނުންވާ ފަރާތްތަކުން ކުންފުނިތަކުގެ ނަމާއި ގުޅޭނެ ނަމްބަރާއެކު އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ އަދަދު އެނގޭނެހެން އިންފޮމޭޝަން ކައުންޓަރަށް ސިޓީއެއް ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހެޅުމުން އެޕޮއިންޓްމަންޓް ހަމަޖެހޭނެ ދުވަސް މިސެކްޝަނުން އަންގާނެ ވާހަކަ ދެންނެވީމެވެ.

ޝުކުރިއްޔާ!

04 ސެޕްޓެންބަރު 2013
ހޯދާ