ދިވެހިރާއްޖެ
އިޢުލާން
ވާރޭފެން ރައްކާކުރުމަށްޓަކައި ކަޅުހަން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މި އިދާރާގެ ނަންބަރު 376/376/2016/33(IUL) އިޢުލާނުގައި ކުރަން ބޭނުންވާ ބައެއް މަސައްކަތް ހިމެނިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ދ. ބަނޑިދޫ މަސްޖިދުއްރަޙްމަތު ހިމެނޭ އިމާރާތުގެ ގޯތިތެރޭގައި ބަހައްޓާފައިހުރި ވާރޭފެން ރައްކާކުރާ 10 ކަޅުހަން ބަހައްޓާފައިވާ ބުޑުތަކާއި ހަންތަކުގެ ފެންވައިރިންގ މަރާމާތުކުރުމާއި، ހަންތައް ހިޔާކުރުމުގެ މަސައްކަތް ކުރުމާއި، އަދި ފުޓްބޯޅަދަނޑު ސަރަހައްދުގައި 5000 ލީޓަރުގެ 10 ކަޅުހަން ބަހައްޓަން ބޭނުންވެއެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 13:00 ގައި މި އިދާރާގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑް އިވެލުއޭޓް ކުުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސްދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
75% |
ހުޅަހަޅާ އަގަށް ދެވޭ މާކްސް މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގަކަށް |
x75 އެންމެކުޑައަގު ހުށަހެޅިފައިވާ އަގު |
ތަޖުރިބާ |
15% |
ތަޖުރިބާއަށް ދެވޭ މާކްސް މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން % އެއް މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ދިގު މުއްދަތަށް |
x15 މުއްދަތު އެންމެ ދިގު މުއްދަތު
|
މުއްދަތު |
10% |
މަސައްކަތް ނިންމުމަށް ބޭނުންކުރާ މުއްދަތު މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގެ ތެރެއިން އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތުގެ މުއްދަތަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށް |
x10 އެންމެ ދިގު މުއްދަތު މުއްދަތު |
ބެންޗް މާކް
1- ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
2- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލު ކުރެވޭނެއެވެ، އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.
3– ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތްނަމަ ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.
ދ. ބަނޑިދޫ ކައުންސިލުގެ އިދާރާ
ދ. ބަނޑިދޫ، ދިވެހިރާއްޖެ
އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 13.00 ގައި މި އިދާރާއަށް ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތަފުސީލުތައް އިވެލުއޭޝަންފޯމުގައި ފުރިހަމަކުރެއްވުމަށްފަހު ސޮއިކުރެވޭނެއެވެ. އަދި އެއަށްފަހު ބިޑް އިވެލުއޭޓް ކުރުމަށްޓަކައި ދ. ބަނޑިދޫ ކައުންސިލުގެ އިދާރާއިން އެކުލަވާލާފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަށް ހުރިހާ ލިޔުންތައް ހުށަހެޅޭނެއެވެ. އަދި އިވެލުއޭޝަން ކޮމިޓީން ބިޑް އިވެލުއޭޓް ކުރުމަށްފަހު އެކަން ކައުންސިލް އިދާރާއަށް އެންގުމުން ބިޑް ކާމިޔާބު ކުރެއްވި ފަރާތަށް އަދި ބިޑް ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ކައުންސިލު އިދާރާގެ ލިޔުމަކުން އަންގާނެއެވެ. ބިޑް މީޓިންގގައި އެއްވެސް ޑޮކިއުމެންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 މުޙައްރަމް 1438