ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ނަންބަރު (IUL)GS56/GS-56/2016/1002 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
1. މަސައްކަތް:
ސްކޫލުގެ ބައެއް އިމާރާތުގެ ނަލަފިލާ ބަދަލުކުރުން.
2. މަސައްކަތުގެ ތަފުސީލު:
ތިން ކްލާސްރޫމް އިމާރާތް
- އިރުމަތީކޮޅު ކުކުޅަވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓައި، ލަކުޑިފަތި އަޅައި، ސިމެންތި ނަލަފިލާ ޖަހައި، ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން – 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
ދެ ކްލާސްރޫމް އިމާރާތް
- އިރުމަތިކޮޅު ކުކުޅަވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓައި، ލަކުޑިފަތި އަޅައި، ސިމެންތި ނަލަފިލާ ޖަހައި، ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
ހަ ކްލާސްރޫމް އިމާރާތް
- ހުޅަނގުކޮޅު ކުކުޅަވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓައި، ލަކުޑިފަތި އަޅައި، ސިމެންތި ނަލަފިލާ ޖަހައި، ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
ތިންކްލާސްރޫމް (ކޮމްޕިޔުޓަރ ރޫމް) އިމާރާތް
- ހުޅަނގުކޮޅު ކުކުޅަވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓައި، ލަކުޑިފަތި އަޅައި، ސިމެންތި ނަލަފިލާ ޖަހައި، ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
- ނަލަފިލާތައް ނައްޓާއިރު ހަލާކުވެ ފީވެފައިވާ ތަންތަން މަރާމާތުކުރަންޖެހޭނެއެވެ.
- ދަވާދުގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ނިޕޮން ބްރޭންޑުގެ އެމަރަލްޑް ގްރީންއެވެ. (ކޯޑް:9048)
އަންދާސީހިސާބު ހުށަހެޅޭނީ ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏަށެވެ.
3. އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމު.
- ހުށަހަޅާ އަންދާސީހިސާބު. (އަންދާސީހިސާބު ސިޓީ ނުވަތަ ކޯޓޭޝަން)
- ބީލަމަށް ކުރިމަތިލާ ކުންފުނި ނުވަތަ އިންވެސްޓްމަންޓުގެ މަޢުލޫމާތު/ ޕްރޮފައިލް.
- އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓުގެ ކޮޕީ. (އެންމެ ފަހު އަހަރުގެ)
- އޮޑިޓް ރިޕޯޓް ހުށަހެޅިކަމުގެ އިކޮނޮމިކް މިނިސްޓްރީ ނުވަތަ މީރާގެ ލިޔުމުގެ ކޮޕީ (އެންމެ ފަހު އަހަރުގެ)
- މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް.
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
- "މީރާ" އަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން.
- ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ލިޔުން
- ބޭންކް ސްޓޭޓްމެންޓް (ފާއިތުވި ދެ މަހުގެ)
- ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުން (އެންމެ ފަހުން ދެއްކި މަހުގެ)
- މާލީ ދަލީލު (ބޭންކް ގެރެންޓީއާއި ކްރެޑިޓް ފެސިލިޓީ ފަދަ)
- އެމެންޑްމެންޓްސް
4. ޕޮއިންޓް ދޭނެގޮތް:
- 65 ޕޮއިންޓް އަގަށް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 25 ޕޮއިންޓް މުއްދަތަށް (އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 5 ޕޮއިންޓް ތަޖުރިބާ (ވޭތުވެދިޔަ 3 އަހަރު ނިންމި މިފަދަ ޕްރޮޖެކްޓްގެ ޖުމްލަ އަގު / ހުށަހެޅި ޕްރޮޖެކްޓްގެ ޖުމްލަ އަގު)
- 5 ޕޮއިންޓް މާލީ ޤާބިލުކަމަށް (ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓްމަންޓާއި، ބޭންކް ގެރެންޓީ، ކްރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު 5x)
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 އަށް ސްކޫލް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އަން 14:00 އަށް 6600136 ނަންބަރު ފޯނާއެވެ. އަދި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓާއި، ބީލަން ހުށަހަޅާ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.
24 މުޙައްރަމް 1438