މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާ އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

# ޕްރީސްކޫލް ދަރިވަރުންގެ ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުގެ ޕްރީސްކޫލް ދަރިވަރުންގެ ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS-130/2016/36 (4 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް މަދުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް، މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.                       

ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:15 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:15 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލުގެ ފޯނު ނަންބަރު 6600314 އާ ގުޅުއްވުން އެދެމެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ