ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|||
މަޤާމް: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
||
މަޤާމުގެ ރޭންކް: |
އެލް. އެސް. 2 |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓް |
||
އަސާސީ މުސާރަ: |
މަހަކު -/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ) |
||
އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:
|
- ސަރވިސް އެލަވަންސް: މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ) - ލިވިންގ އެލަވަންސް: މަހަކު -/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (މަހަކު) - ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||
އަސާސީ ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު، ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތު: |
- ޤާނޫނީ ކަންކަމުގައި ދާއިރާގެ މެޖިސްޓްރޭޓަށް އެހީތެރިވެދިނުން. - ދާއިރާގެ މެޖިސްޓްރޭޓުންނަށް ބޭނުންވާ ލީގަލް ރިސާޗް ހެދުން. - ކޯޓުގެ ޝަރުޢީ ލިޔެކިޔުންތައް، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
- ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ. - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. - މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް. |
||
އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު: |
- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މި ކޯޓުން ހަމަޖައްސާ ތަނެއްގައެވެ. - އިންޓަވިއު އޮންނަ ދުވަހާއި އިންޓަވިއު އޮންނަ ތަން، އިންޓަވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ. |
||
މަޤާމަށް އެދެންވީ ގޮތް: |
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާނީ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމުންނެވެ. މި ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. |
||
ހުށަހަޅަންޖެހޭ ތަކެތި: |
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ) - ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. - ވަނަވަރު (ސީ.ވީ) - ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. |
||
ސުންގަޑި: |
2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 |
||
22 މުޙައްރަމް 1438 |