ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

ކިނބިދޫ ކައުންސިލްގެ އިދާރާގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ކުރަންހުރި މައިގަނޑު މަސައްކަތްތައް:

1- ކޮޓަރިއެއްގެ ތަޅުންގަނޑެއް ތަޅާލައި އަލުން ތަޅުންއަޅައި މުށިޖެހުން

2- ބޮޑުދޮރެއް ނަގައި ދޮރެއް ބެހެއްޓުން  

3- ކޮންކްރީޓްކޮށް ހަރުކޮށްފައިހުރި ތިޖޫރިއެއް ނައްޓާލުން

4- މިހާރު ހުރި ސީލިންގ ނެގުމަށްފަހު، އަލުން ސީލިންގ އެޅުން

5- ދޮރުތަކުގައި ދަވާދުލުން

6- ކައުންސިލްގެ އިދާރައިގެ ވަށާފާރުގައި ކުލަކުން

ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ އެންމެންގެ ހާޒިރުގައި 2016 އޮކްޓޫބަރު 31 ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާގައެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ''ކިނބިދޫ ކައުންސިލްގެ އިދާރާގައި ކުރަންހުރި މަރާމާތުތައް ކޮށްދިނުމަށް އެދި''  މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާނީ ބަދަލުގައި ފޮނުވާ މީހެއްކަން ބަޔާންކޮށް ސިޓީއަކާއެކުގައެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016
ހޯދާ