ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު 2016 ޞިއްޙީ ދާއިރާއަށް ބޭނުންވާ ސުޕަރ ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް ހުޅުވާލުން |
|||
ނޭޕާލް |
ޤައުމު: |
||
ކޯހުގެ މުއްދަތު: 3 އަހަރުދުވަސް |
ކޯހުގެ ފެންވަރު: ޑީ.އެމް އަދި އެމް.ސީ.އެޗް |
ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް |
އިންސްޓިޓިއުޓް: |
- 1 ޑީ.އެމް ކާރޑިއޮލޮޖީ - 1 އެމް.ސީ.އެޗް ޔޫރޮލޮޖީ - 1 އެމް.ސީ.އެޗް ޕްލާސްޓިކް އެންޑް ބާރން |
ކޯހުގެ އަދަދު، ފެންވަރާއި ދާއިރާ: |
||
1- ޑީ.އެމް ކާރޑިއޮލޮޖީއަށް ހުށަހަޅުއްވާ ފަރާތްތަކުން އެމް.ޑީ އިންޓަރނަލް މެޑިސިން ހާސިލުކޮށްފައިވުން. 2- އެމް.ސީ.އެޗް ޔޫރޮލޮޖީއާއި، އެމް.ސީ.އެޗް ޕްލާސްޓިކް އެންޑް ބާރންއަށް ހުށަހަޅުއްވާ ފަރާތްތަކުން އެމް.އެސް ޖެނެރަލް ސަރޖަރީ ހާސިލުކޮށްފައިވުން. 3 އެމް.ޑީ/އެމް.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީރީވެފައިވުން. 4. އެމް.ޑީ/އެމް.އެސް ހެދުމަށްފަހު 31 އޮކްޓޫބަރު 2016 މި ތާރީޚުގެ ނިޔަލަށް މަދުވެގެން 1 އަހަރުދުވަހުގެ ކްލިނިކަލް ތަޖުރިބާ ލިބިފައިވުން. 5. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނު ފަހުން ތިރީގައިވާ މުއްދަތަށް، 31 އޮކްޓޫބަރު 2016 މި ތާރީޚުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން. ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ ޚިދުމަތްކުރުމުގެ މުއްދަތެއް ނުގުނޭނެއެވެ. 5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ ދައްކައި މުޅިން ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު ދައްކައި މުޅިން ޚަލާޞްކޮށްފައިނުވާ ފަރާތްތަކަށާއި، މި އިޢުލާނުގައިވާ އެއްވެސް ޝަރުޠަކާ ހެދި 'ޑިސްކޮލިފައި'ވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ހާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ. މި އުސޫލު މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.dhe.gov.mv ގައި އަޕްލޯޑްކުރެވިފައިވާނެއެވެ. |
ޝަރުޠު: |
||
1. މި ފުރުޞަތުތަކަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ އެމް.ޑީ/އެމް.އެސް ހެދުމަށްފަހު ސަރުކާރުގެ ހޮސްޕިޓަލެއް/ ޞިއްޙީ މަރުކަޒެއްގައި މިހާރު މަސައްކަތްކުރާ ޑޮކްޓަރުންނަށެވެ. ނަމަވެސް، ސަރުކާރުގެ ހޮސްޕިޓަލެއް/ ޞިއްޙީ މަރުކަޒެއްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން ކުރިމަތިލީ ޑޮކްޓަރުންގެ އަދަދު، ހުޅުވާލާފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވާނަމަ ދެން އިސްކަންދެވޭނީ، އެމް.ޑީ/އެމް.އެސް ހެދުމަށްފަހު ސަރުކާރު ހޮސްޕިޓަލެއް/ ޞިއްޙީ މަރުކަޒެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. އަދި ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ. 2. ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ސަރުކާރު ހޮސްޕިޓަލެއް/ ޞިއްޙީ މަރުކަޒެއްގައި މަސައްކަތްކުރާ ޑޮކްޓަރުން ކުރިމަތިލާފައި ނުވާނަމަ، ދެން އިސްކަންދޭނީ އެމް.ޑީ/އެމް.އެސް ހެދުމަށްފަހު ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ ޑޮކްޓަރުންނަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
|
އިތުރު މަޢުލޫމާތު: |
||
(އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.)
|
ހުށަހަޅަންޖެހޭ ތަކެތި: |
||
ސުންގަޑި: 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13.30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
|||
ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341325 / 3341307 ނަންބަރު ފޯނުން ލިބޭނެއެވެ. |