މަޤާމް: އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ ގްރޭޑް 2
|
މުސާރަ އާއި އެލަވަންސް:
|
މަހަކު -/7800 ރުފިޔާ
|
އިތުރުގަޑި: |
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ ރޭންކް:
|
AS 8
|
ބޭނުންވާ އަދަދު:
|
2 (ދޭއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް:
|
އެޑްމިން އެންޑް ކޯޕާރޭޓިވް އެފެއާޒް
|
މަޤާމުގެ ބާވަތް
|
1 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަޤާމުގެ ޝަރުޠު:
|
1. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. ދާއިރާގެ 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
1. ކުންފުނީގެ ބޭނުންތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ވެހިކަލްތަކުގެ ކަންތައްތައް ބަލައި، ދަތުރުތައް ލޮގްކޮށް އަޕްޑޭޓްކުރުން.
2. ކުންފުނީގެ ފަރާތުން ބަލަހައްޓަންޖެހޭ އެންމެހައި ތަންތަނުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމާއި، ލޮގްކުރުން.
3. ދަންވަރު 12:00 ގެ ފަހުން ޑިއުޓީތަކުގައި ތިބޭ މުވައްޒަފުންނާއި، ސެކްޝަންތައް މޮނިޓަރކުރުމުގެގޮތުން ބަލައި، ޗެކްކުރުމާއި ދިމާވާ މައްސަލަތައް ލޮގްކުރުން.
4. ކުންފުނީގެ ހުރިހާ ވެހިކަލްތަކެއް މޮނީޓަރކުރުމާއި، ދިމާވާ މައްސަލަތައް ލިސްޓްކުރުން.
5. ޑިއުޓީގަޑި ނޫނަސް، ކުންފުޏަށް ދަތިވެގެން ގުޅައިފިނަމަ، ކުންފުނީގެ މަސައްކަތްކުރުމަށް ނުކުމެދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައްހުރި މިންވަރަށް ބަލައިގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީ.
- ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީއެއް.
- ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
|