ދިވެހިރާއްޖެ
އިޢުލާން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް ސިސްކޯ ސްވިޗު ލައިސަންސް ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރު (IUL)164/1/2016/74 އާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ނޮވެންބަރު 08 ވާ އަންގާރަދުވަހު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުންއަށް) 11:00 ގައި ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މި އޮފީހުގެ ވެބްސައިޓް، www.ncit.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި އިޢުލާނާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.
26 މުޙައްރަމް 1438