މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ/ޔުނިޓް

ބޭނުންވާ އަދަދު

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ކްއާޓަރ މާސްޓަރ ސަރވިސް

6

މާލެ

މާލެ އޭރިއާ / ހުޅުލެ ޕޯސްޓް

2

ހުޅުލެ

މަޤާމު:

މަސައްކަތު

މުސާރަ:

މަހަކު -/4865 ރުފިޔާ  

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހުޅުލޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަސައްކަތު ނުކުންނަ ދުވަހަށް ކޮއްތު ފައިސާގެ ގޮތުގައި -/60 ރުފިޔާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުގައިވާ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައް ކޮށައި ގަސްތަކަށް ފެންދީ ބެލެހެއްޓުން.

އިތުރު މަޢުލޫމާތު:

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 1 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ.  ފޮނުއްވާ ސިޓީގައި ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724  ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ