ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
- ތިރީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަސައްކަތް |
ސްކޫލުގެ ދެބުރި ޢިމާރާތުގައި 3 ފޭސް ކަރަންޓް ބޯޑެއް ބެހެއްޓުމާއި ސްޓާފްރޫމް، ޕްރިންޓިންގރޫމް އަދި ކޮމްޕިއުޓަރ ލެބްގެ ކަރަންޓް ވައިރިންގ ރަނގަޅު ކުރުން.
|
- މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 2016 އޮކްޓޯބަރ 31ވާ ހޯމަ ދުވަހުގެ 13:00ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަދި މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ނޮވެމްބަރ 01ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ނޮވެމްބަރ 07ވާ ހޯމަ ދުވަހުގެ 13:00ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީހިސާބު ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށައަޅާ ބީލަމާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު
ފޯން: 6580097
އީމެއިލް: [email protected]
24 އޮކްޓޫބަރު 2016
ހޯދާ