ދިވެހިރާއްޖެ
އިޢުލާން
ވޮލީކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާ ބެހޭ:
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު ސްޕޯޓްސް އެރީނާ ސަރަޙައްދުގައި ވޮލީކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިންކުރި ނަންބަރު (IUL)289/289/2016/46 (23 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއެކު ފޮނުވުން އެދެމެވެ.
އަންދާސީހިސާބުތަކަށް ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ ގޮތް
މަސައްކަތުގެ އަގަށް |
މަސައްކަތުގެ މުއްދަތަށް |
މަސައްކަތާގުޅޭ ތަޖުރިބާއަށް |
އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި ކުންފުނިތަކަށް |
ޖުމުލަ |
% 80 | % 10 | % 5 |
% 5 |
100 |
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17 މުޙައްރަމް 1438