ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ސްކޫލުން ދައްކާ ނަމޫނާއާ އެއްގޮތަށް މި ސްކޫލްގެ ލައިބްރަރީއާއި ކެންޓީނުގެ ފުރާޅުގެ ޓިނު ބަދަލުކޮށް، މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ދުވަސްތަކުގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ 11:00 ގައި  | 
| 
 އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން  | 
 2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ 11:00 ގައި  | 
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާނަމަ، 3390634 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
