ދިވެހިރާއްޖެ
އިޢުލާން
ވިލުފުށީ އެޑިޔުކޭޝަނަލް ޓްރޭނިންގ ސެންޓަރ ޑިޖިޓަލް ކުރުމާބެހޭ:
ވިލުފުށީ އެޑިޔުކޭޝަނަލް ޓްރޭނިގ ސެންޓަރ ޑިޖިޓަލްކުރުމަށް ބޭނުންވާ މެޝިނަރީޒްއާއި ތަކެތި ގަނެ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަގު ހުށަހަޅަންވާނީ ތަކެތި ވިއްކުމުގެ އަގާއި، އިންސްޓޯލްކޮށްދިނުމުގެ އަގު ވަކިވަކީންނެވެ.
މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި ވިލުފުށީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 ގައި ވިލުފުށީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަވަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކުން މަޢުލޫމާތު ސާފުކުރާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީއަކާއި މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަވަންވާނެއެވެ.
މި އިޢުލާނާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 6780701 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
19 މުޙައްރަމް 1438