ދިވެހިރާއްޖެ
އިޢުލާން
ދ.ހުޅުދެލިން ބިމެއް ކުއްޔަށް ދިނުމާބެހޭ
ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ބިން |
|
ތެޔޮވިއްކުމަށް ހަމަޖެހިފައިވާ ތަނާއި ބޭނުން: |
ހުޅުދެލީ ލޭންޑްޔޫސް ޕްލޭންގެ 11.2 އިން ފާހަގަކުރެވިފައިވާ ތެޔޮވިއްކުމަށް ޚާއްޞަކުރެވިފައިވާ ބިން. |
ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު: |
25 އަހަރު |
ޕްރީބިޑް މީޓިންގ ބާއްވާ ތާރީޚާއި ގަޑިއާއި ތަން: |
2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހު 10:00 ގައި ހުޅުދެލީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމުގައި. |
ބިޑް ހުށަހަޅަންވީ ތާރީޚާއި ގަޑިއާއި ތަން: |
2016 ނޮވެންބަރު 15 ވާ އަންގާރަ ދުވަހު 10:00 ގައި ހުޅުދެލީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމުގައި. |
ބިޑާއެކު ހުށަހަޅަންޖެހޭ ތަކެތި:
|
1- ބިޑް ފޯމު ފުރިހަމަކޮށް ހުށަހަޅާއިރު ޕްރޮޕޯސަލާއި ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކްސްޓޭޓްމަންޓެއް ހުށަހަޅަންވާނެއެވެ. 2- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަނުގެ ރަޖިސްޓަރީގެ ކޮޕީ. 3- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެ ފަހުން އަހަރީ ފީ ދެއްކި ރަސީދުގެ ކޮޕީ. 4- ވަކި ފަރުދެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5- އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރާނަމަ، އެކަން އެނގޭނެ ލިޔުން. 6- ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑުފޯމުގައި ސޮއިކޮށް ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި، ފޯމު ހުށަހެޅުން. |
އިތުރު މަޢުލޫމާތު: |
|
މީގެ ކުރިން މިކަމާ ގުޅިގެން މި އިދާރާއިން 2016 ސެޕްޓެންބަރު 22 ގައި ކޮށްފައިވާ ނަންބަރު (IUL)378/2016/39 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.