ދިވެހިރާއްޖެ
އިޢުލާނު
މި ސުކޫލުގެ ނަންބަރު: GS168/IUL/2016/43 އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް، ސުކޫލްގެ ބީ ބްލޮކް އިމާރާތުގެ ކުލާސްރޫމްތައް ވަކި ކުރުމަށް ރާނާފައިވާ ފާރުތަކުގައި ސިމެންތިޖެހުމާއި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ދިއްގަރު ސުކޫލް އޮފީސް |
01 ނޮވެންބަރު 2016 |
އަންގާރަ |
13:00 |
|
އަންދާސީހިސާބު ހުށަހެޅުން |
ދިއްގަރު ސުކޫލް އޮފީސް |
7 ނޮވެންބަރު 2016 |
ހޯމަ |
13:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
22 މުޙައްރަމް 1438