ދިވެހިރާއްޖެ
އިޢުލާން
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ފ. ފީއަލީގައި ޤާއިމުކުރެވިފައިވާ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:
ސަރުކާރުގެ ސްޕޯޓްސް އެރީނާ ކޮންސެޕްޓްގެ ދަށުން ފ. ފީއަލީގައި ޤާއިމުކުރެވިފައިވާ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 13:00 ގައި ފީއަލީ ކައުންސިލްގެ އިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 13:00 ގައި ފީއަލީ ކައުންސިލްގެ ކޮންފަރެންސް ހޯލުގައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ އެއްގަޑިއިރު (2016 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 12:00 ގެ) ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ބިޑުފޮތް ނުގަންނަ ފަރާތްތަކާއި، މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑް ފޮތުގެ އަގަކީ -/500 (ފަސް ސަތޭކަ) ރުފިޔާއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް މި އިދާރާގެ ނަންބަރު 6740012 ފޯނާ ގުޅުން އެދެމެވެ.
19 މުޙައްރަމް 1438