ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލި ނަގައި، ފުޓްބޯޅަދަނޑަށް އަޅައި، ދަނޑުގެ ފަސްގަނޑު ލެވެލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން:

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ގދ. ނަޑެއްލާ ފުޓްބޯޅަދަނޑަށް އެޅުމަށް، ފަޅުން ވެލިނެގުމުގެ ހުއްދަ އީ.ޕީ.އޭއިން ދީފައިވާ ސަރަޙައްދުން ވެލިނަގައި، ފުޓްބޯޅަދަނޑަށް އަޅައި، ދަނޑުގެ ފަސްގަނޑު ލެވެލްކުރުމުގެ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.

މަޢުލޫމާތުދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާ ފުޓްބޯޅަދަނޑަށް އެޅުމަށް، ފަޅުން ވެލިނެގުމުގެ ހުއްދަ އީ.ޕީ.އޭއިން ދީފައިވާ ސަރަޙައްދުން ކޮނެގެން ވެލިނަގައި، ފުޓްބޯޅަ ދަނޑަށް އަޅައި، ދަނޑުގެ ފަސްގަނޑު ލެވެލްކުރުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ހާޒިރުުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން: 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ 13:00 ގައި.
  2. އަންދާސީ ހިސާބު ބަލައިގަތުން:2016 ނޮވެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ