ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މި ސްކޫލް މަރާމާތުކުރުމުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS68/2016/29 (13 އޮކްޓޫބަރު 2016) އިޢުލާނު ގެޒެޓުކުރަންޖެހޭ ތާރީޚުގައި ގެޒެޓުކުރެވިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
- ދިޔަދޮވި ބަދަލުކުރުން
- މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުން
- 5 ކްލާސްރޫމް ހިމެނޭ ހޯލްގެ އިމާރާތުގެ ޓިނު ބަދަލުކުރުން
- އިމާރާތްތަކާއި، ވަށައިފާރުގައި ކުލައާއި ދަވާދުލުން
ވީމާ، މި މަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 02 ވާ ބުދަދުވަހު 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
23 މުޙައްރަމް 1438