ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: |
އިމިގްރޭޝަން އޮފިސަރ، ޓްރެއިނީ |
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: |
CS2/ އިމިގްރޭޝަން އޮފިސަރުން |
ބޭނުންވާ އަދަދު: |
7 |
މުސާރަ: |
މަހަކު -/6500 ރުފިޔާ |
ސަރވިސް އެލަވަންސް: |
މާލޭގައިނަމަ ހާޒިރުވާ ކޮންމެ ދުވަހަކަށް -/90 ރުފިޔާ ޕޯޓުތަކުގައި ނަމަ ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ |
ސްޕެޝަލް ސަރވިސް އެލަވަންސް: |
މުސާރައިގެ %35 (ވަޒީފާ ދާއިމީވުމުން) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާލޭ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސްތަކުގައި ދައުރުވާ ގޮތަށް (އިމިގްރޭޝަނުން އެ ވަގުތެއްގައި ކަނޑައަޅާ ސެކްޝަނެއްގައި) |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
މަޤާމުގެ ޝަރުޠުތައް: |
ނޯޓު: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މާރކްސް ދިނުމުގައި، އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރަށްވުރެ މަތީ ސެޓުފިކެޓު ހުށަހެޅި ކަމުގައިވިޔަސް މާރކްސް ދިނުމުގައި ބަލާނީ، އަސާސީ ޝަރުޠަށް އެކަންޏެވެ. މި މަޤާމަށް މީހުން ހޮވުމުގައި މަސައްކަތު ތަޖުރިބާ ހިމަނާފައެއް ނުވާނެއެވެ. މި މަޤާމަށް ހޮވާ މުވައްޒަފުން ހޮވޭނީ ކޮންޓްރެކްޓް އުސޫލުން މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކުގެ ވަޒީފާ ދާއިމީ ކޮށްދެވޭނެއެވެ. އަދި 6 މަސްދުވަހުގެ ޓްރޭނިންގ ނިންމުމަށްފަހު ދާއިމީ މަޤާމަށް ބަދަލުކުރެވޭއިރު މުވައްޒަފުގެ މަޤާމަށާއި މުސާރައަށް ބަދަލު އަންނާނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: |
|
އިންޓަރވިއުއާއި، އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މުވައްޒަފުން ހޮވުމަށް ބާއްވާ އިންޓަވިއު 2016 ނޮވެމްބަރު 13 އާއި 2016 ޑިސެންބަރު 1 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އިމްތިޙާނުކުރުން އޮންނާނީ، މި އިދާރާ އިން ކަނޑައަޅާ މެންބަރުން (މަދުވެގެން 3 މެންބަރުން)ގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. |
ސުންގަޑި |
2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ) |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސްކްރީނިންގ |
|
މާކްސް ދިނުމާއި، އިންޓަވިއުކުރުމާއި، އިމްތިޙާނު ކުރުން: |
ޝޯޓް ލިސްޓު ކުރުން ގެންދާނީ 3 މަރުޙަލާއަކަށް ބަހާލެވިގެންނެވެ. ފުރަތަމަ މަރުޙަލާ: އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުތަކަށް މާކްސް ދިނުން. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 100 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ، ތަޢުލީމީ ފެންވަރަށް ބަލައިގެން މާކްސް ދީގެން ޝޯޓްލިސްޓް ކުރެވޭ 100 ފަރާތާއެވެ. ދެވަނަ މަރުޙަލާ: ޕްރިލިމިނަރީ އިންޓަވިއުއާއި، އިމްތިޙާން މި އިންޓަވިއުއަކީ، އަސާސީ ޝަރުޠު ހަމަވެފައިވާ ފަރާތްތަކަށް މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތަކާގުޅޭ އާންމު މަޢުލޫމާތު އެނގޭ މިންވަރު ދެނެގަތުމާއި، އިމިގްރޭޝަންގެ ޤާނޫނާއި، ގަވާއިދުތަކަށް ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް އިންޓަވިއު ކުރެވޭނއެވެ. އަދި އިމްތިޙާނާއި ސައިކޯމެޓްރިކްސް ޓެސްޓް ދެވޭނެއެވެ. (މި އިދާރާގެ މަސައްކަތްތަކާއި އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދުތަކާބެހޭ މަޢުލޫމާތު މި އިދާރާގެ ވެބް ސައިޓް www.immigration.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.) ތިންވަނަ މަރުޙަލާ : ފައިނަލް އިންޓަވިއު ފައިނަލް އިންޓަވިއު ކުރެވޭނީ، ޕްރިލިމިނަރީ އިންޓަވިއުއާއި އިމްތިޙާނުން އެންމެ މަތިން މާރކްސް ލިބޭ، އިޢުލާނުގައި އޮތް މުވައްޒަފުން ބޭނުންވާ އަދަދުގެ ތިން ގުނައާ އެއްވަރު އަދަދަށެވެ. މި އިންޓަވިއުގައި ލޯ އެންފޯސްމަންޓާއި އިމިގްރޭޝަނާ ގުޅުން ހުރި ދާއިރާތަކުން ހޯދައިފައިވާ ސެޓުފިކެޓުތަކަށާއި، ކުރު މުއްދަތުގެ ތަމްރީންތަކަށް މާރކްސް ދެވޭނެއެވެ. ވަޒީފާއަށް ހޮވޭނީ ފައިނަލް އިންޓަވިއުއިން މަދުވެގެން %45 (ސާޅީސް ފަހެއް) އިން ސައްތަ ލިބޭ ފަރާތްތަކެވެ. |
އިތުރު މަޢުލޫމާތު: |
މި އޮފީހުގެ 3330410 އާއި، 3330411 ނަންބަރު ފޯނާ ގުޅުމުން އިތުރު މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. |