ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން: އެސިސްޓަންޓް ޕްރޮގްރާމް އޮފިސަރ |
މުސާރަ: -/4465 ރުފިޔާ |
ސާރވިސް އެލަވަންސް: -/1500 ރުފިޔާ |
|
ރޭންކް: ޖީ.އެސް 3 |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: 1 |
|
މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ |
|||
ޝަރުޠު: 1- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން. |
|||
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: 1- ސެކްޝަންގެ މެންޑޭޓްގައި ހިމެނޭ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް (މާލެއާއި އަތޮޅުތަކުގައި) ރާވައި ހިންގުމުގައި އެހީތެރިވެދީ ޢަމަލީގޮތުން ބައިވެރިވުން. 2- ވަޒީފާގެ ދަފުތަރުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައި ދިނުމަށް ވަޒީފާދޭ ފަރާތްތަކާ ގުޅިގެން މަސަތްކަތް ކުރުން 3- ވަޒީފާގެ ދަފްތަރު ޑޭޓާބޭސްގެ ވަޒީފާއަށް އިންޓަވިއުއަށް ފޮނުވޭ އަދި ވަޒީފާ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު އަޕްޑޭޓް ކޮށް ބެލެހެއްޓުން 4- ސެކްޝަނުން ބައިވެރިވާ ފެއަރތަކުގައި ބައިވެރިވުމާއި، ރާވާ ފެއާރތައް ރާވައި ބޭއްވުމުގައި ބައިވެރިވުން 5- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށާއި، އެކިއެކި މަޢުލޫމާތު ހޯދަން ގުޅާ ފަރާތްތަކަށް މަޢުލޫމާތުދީ ޚިދުމަތް ފޯރުކޮށް ދިނުން. 6- ސެކްޝަނުންދޭ ޚިދުމަތްތަކަށް އާންމުން ހޭލުންތެރި ކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން 7- ކުރެވޭ މަސައްކަތުގެ އަޕްޑޭޓް ދުވަހުން ދުވަހަށް ސްޕަވައިޒަރަށް ރިޕޯޓްކުރުން. |
|||
ނޯޓް: - މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ. - މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށާއި، މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ. - ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓުވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ހިންގާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރިޑެޓް ކުރަން ނުޖެހޭނެއެވެ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
|
|||
ވެބް ސައިޓް އެޑްރެސް www.youth.gov.mv
|
17 މުޙައްރަމް 1438