ދިވެހިރާއްޖެ
އިޢުލާން
މި ހޮސްޕިޓަލަށް ގެނެވޭ ބިދޭސީ ޑޮކްޓަރުންނާއި، ޕެރެމެޑިކްސް ސްޓާފުން ބޭތިއްބުމަށްޓަކައިި 2 ކޮޓަރީގެ ފުލީ ފާރނިޝްޑް އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިފަދަ އެޕާޓްމަންޓް ކުއްޔަށް ދޫކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތު ބަޔާންކޮށް، މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް އެންޑް ޕާރޗޭސިންގ ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ކުއްޔަށް ދޭނެ ފަރާތެއް ހޮވުމުގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
މި އިޢުލާނުގެ ދަށުން އެޕާޓްމަންޓް ކުއްޔަށް ދޫކުރުމަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަނެވޭނީ 2016 ނޮވެންބަރު 1 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3341656 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
1 |
މަހު ކުލި |
80% |
2 |
ތަނުގެ ބޮޑުމިން (އަކަފޫޓުން) ، ތަނުގެ ފެންވަރާއި، ފުރިހަމަކަން |
10% |
3 |
ކުއްޔަށް ދެވޭނެ މުއްދަތު |
5% |
4 |
އިމާރާތް ނުވަތަ ފްލެޓާއި އައި.ޖީ.އެމް.އެޗް އާ ހުރި ދުރުމިން |
5% |
23 މުޙައްރަމް 1438